ފުޑް ކޯޓުގައި ހުންނަ "ޓީ ޖެޓީ" ރެސްޓޯރެންޓުން ރޯދަ ވީއްލައިގެން މިފަހަރުވެސް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
"ޓީ ޖެޓީ" ރެސްޓޯރެންޓުގެ ވެރިޔާ އަބްދުﷲ ވަހީދު "ވަން" އަށް މިއަދު ވިދާޅުވީ، ޓީ ޖެޓީ ރެސްޓޯރެންޓުން މި ރޯދަމަހަށް ގިނަ ވައްތަރުތަކާއެކު މެނޫއެއް ތައްޔާރުކޮށްފައިވާ ކަމަށާއި ކޮންމެ ދުވަހެއްގެ މެނޫގެ އަގަކީ 160 ރުފިޔާ ކަމަށެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ރޯދަމަހުވެސް ޓީ ޖެޓީ ރެސްޓޯރެންޓުން ވަނީ އެ ތަނުން ރޯދަ ވީއްލާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ރޯދަ ހަދިޔާގެ ގޮތުގައި އުމްރާ ދަތުރެއް ދޭން ނިންމައިފައެވެ. އެ އިނާމަކީ އެ ރެސްޓޯރެންޓުން ފާއިތުވި ހަތަރު ރޯދަމަހުވެސް ދީފައިވާ އިނާމެކެވެ.
ވަހީދު ވިދާޅުވީ ޓީ ޖެޓީ ރެސްޓޯރަންޓް ހުޅުވުމަށްފަހު ކަނޑައެޅި އެންމެ ބޮޑު އަޒުމަކީ ރެސްޓޯރަންޓުން ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކަށް ކޮންމެ އަހަރަކު ރޯދަ ހަދިޔާގެ ގޮތުގައި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
"މިހާތަނަށް ހަތަރު ބޭފުޅަކަށް އުމްރާގެ މަތިވެރި އަޅުކަން ފުރިހަމަކުރުމުގެ ފުރުސަތު ހޯދައިދެވި، ފަސްވަނަ ފުރުސަތު ފަހިކޮށްދެވިފައިވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އޭނާ ވިދާޅުވިއެވެ.
ވަހީދު އިތުރަށް ވިދާޅުވީ ޓީ ޖެޓީ ރެސްޓޯރަންޓުން ހިދުމަތް ހޯދާ ފަރާތްތަކަށް ކުރިއަށްއޮތް އަހަރުތަކުގައިވެސް އެ ފުރުސަތު ހުޅުވިފައި އޮންނާނޭކަމުގެ ޔަގީންކަން އަަރުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު