ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަމަޟާން މަހުގެ ތަހުނިޔާ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ‏ރައީސް ފޮނުއްވި މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި އިސްލާމީ ގައުމުތަކުގެ އެންމެހައި އަހުންނާއި އުހުތުންނަށް މި ބަރަކާތްތެރި މައްސަރުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވާ ކަމަށެވެ.

އދި މި ފެށި ރަމަޟާން މަހަކީ ގައުމުތަކަށް އުފާ ފާގަތި، އަމާން، ސުލްހަވެރި މަހަކަށްވުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.