ވައިފައިގެ ނަމަކަށް ''ޕްރޯ ޔޫކްރޭން'' ޖަހައިގެން އުޅުނު ރަޝިޔާ ދަރިވަރަކު 10 އަހަރަށް ޖަލަށް ލައިފިއެވެ.
ރަޝިޔާގައި ހުންނަ ދަ މޮސްކޯ ސްޓޭޓް ޔުނިވާސިޓީގައި ކިޔަވަމުންދިޔަ އެ ދަރިވަރު ހައްޔަރުކުރީ ޔޫކްރެއިންއަށް ތާއީދުކުރާ ކަމަށް ބުނެ ބަޔަކު ރިޕޯޓު ކުރުމުންނެވެ.
އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު މޮސްކޯގެ ކޯޓަކުން ވަނީ އެ ދަރިވަރަކީ ހައްދުފަހަނައަޅާފައިވާ ޖަމާއަތެއް ޕްރޮމޯޓުކުރާ ކަމުގެ ހެކި ފެނިފައިވާ ކަމަށް ކަނޑައަޅައިފައެވެ. ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ފުލުހުން ހިންގި ތަހުގީގުން ދަރިވަރު ގެންގުޅޭ ކޮންޕިއުޓަރާއި ވައިފައި ރައުޓަރުންވެސް ހައްދުފަހަނައަޅާފައިވާ ޖަމާއަތެއް ޕްރޮމޯޓްކުރާކަމުގެ ސާފު ހެކި ފެނިފައިވާ ކަމަށެވެ.
އޭނާއަށް ކުރާ ތުހުމަތަށް ޖަވާބުދެމުން ދަރިވަރު ބުނީ، އޭނާ ވަނީ ފްރޭމް ކޮށްފައި ކަމަށާއި އެކަމަކީ އޭނާ ދެނެހުރި ކަމެއް ނޫން ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ