ގދ. ތިނަދޫގައި މިއަދު ހިނގި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ 15:40 ހާއިރު ކަމަށެވެ.
އެކްސިޑެންޓު ހިނގާފައިވަނީ ތިނަދޫ ގާޒީމަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ޕިކަޕެއް އައިތާރަފަނި މަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓުގައި ޕިކަޕު ދުއްވި މީހާއަށާއި ސައިކަލް ދުއްވި މީހާއަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ނުދެއެވެ. ނަމަވެސް އެ ދެ މީހުންނަށް އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު