އައިޖީއެމްއެޗުގައި ކުރިން ނަމާދުގެއެއްގެ ގޮތުގައި ބޭނުންކުރި ތަން (އައިޖީއެމްއެޗު މިސްކިތް) މަރާމާތަށް ފަހު، އަލުން ހުޅުވައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

އައިޖީއެމްއެޗް މިސްކިތް ބަންދުކުރީ ސެޕްޓެމްބަރު 2019ގަ އެވެ.

އެ މިސްކިތް އެއިރު ބަންދުކުރީ، ހޮސްޕިޓަލުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް އެ މިސްކިތާ އިންވެގެން އޮންނަ ހުސްތަނުގައި ކުރުމަށެވެ.