ޕާކިސްތާނަށް ކުއްލިއަކަށް އައި ސްނޯގެ ތޫފާނެއްގައި 35 މީހުން މަރުވެއްޖެއެވެ.
ޕާކިސްތާނުގެ އުތުރާއި ހުޅަނގުގެ ސަރަހައްދުތަކުގައި މޫސުމަށް އައި ކުއްލި ބަދަލުވުމެއްގެ ސަބަބުން އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމުގެ އިތުރުން ސްނޯ ފައިބައި އެތައް ބަޔަކު ވަޅުލެވުނު ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓުގެ އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ މިހާތަނަށް މަރުވި ކަމަށް ކަށަވަރުވާ 35 މީހުންގެ ތެރޭގައި 20 ކުޑަކުދިން ހިމެނޭ ކަމަށްވެސް ބުނެފައެވެ. އަދި ބޯކޮށް ސްނޯ ފޭބުމުގެ ސަަބަބުން ވަޅުލެވުނު ސަރަހައްދުތަކުން ބައެއް މީހުން ގެއްލިގެން ހޯދަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ޕާކިސްތާނަށް ކުއްލިއަކަށް ސްނޯގެ ތޫފާނެއް އެރުމުން މޫސުމާބެހޭ ތަޖުރިބާކާރުން ވަނީ ގިނަ ސުވާލުތަކެއް އުފައްދައިފައެވެ. އެގޮތުން ޕާކިސްތާނުގެ މެޓުން ބުނެފައިވާ ގޮތުން މީގެ ކުރިން ކުޑަ ވަގުތުކޮޅަކަށް މޫސުން ފިނިވެ ވާރޭ ވެހިފައިވީ ނަމަވެސް މި ފަހަރު މޫސުމަށް އައީ ބޮޑު ބަދަލެކެވެ.
ސްނޯ ވެހުނު ސަރަހައްދުތަކުގެ އާންމުންނާއި ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ވަނީ އެންމެ ފަހުން ސްނޯ ވެހިފައިވަނީ މީގެ 25 ނުވަތަ 30 އަހަރު ކުރިން ކަމަށް ރިޕޯޓުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ