އިންޑިއާގައި 14 މީހުން މަރުވި ރޭލު އެކްސިޑެންޓް ހިނގި ވަގުތު ޑްރައިވަރުން ތިބީ ކްރިކެޓު ބަލަން ކަމަށް އެ ގައުމުގެ ރެއިލްވޭ މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާގެ އަންދްރަޕްރަދޭޝްގައި ހިނގި އެ ރޭލު އެކްސިޑެންޓް ހިނގި ވަގުތަކީ އިންޑިއާއާއި އިންގްލޭންޑް ކްރިކެޓް ވޯލްޑްކަޕްގައި ކުޅުނު ދުވަހެވެ.
އިންޑީއާގެ ރެއިލްވޭ މިނިސްޓަރު އަޝްވިނީ ވައިޝްނަވްއާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، އެކްސިޑެންޓުވި އެއް ރޭލުގެ ކޯޕައިލެޓާއި ޕައިލެޓުވެސް ތިބީ އެ މެޗު ބަލާށެވެ. އެހެންވެ ރޭލު ދަނގަނޑު ބަދަލުކުރަން ދިން ސިގުނަލް ނުފެނި އެ ވަގުތު ދަތުރުކުރި އެހެން ރޭލަކާ މުޑި އެރީ ކަމަށް ބުނެފައިވެއެވެ.
އެ ހާދިސާއާ ގުޅިގެން މިހާރު އެ ގައުމުގެ ރޭލު ނެޓްވޯކަށް ބަދަލު ގެނެސް އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ.
މިދިޔަ އަހަރުގެ ޖޫން މަހުވެސް އިންޑިއާގެ އޮޑިސާގައި ތިން ރޭލު މުޑިއަރައި ހިނގި އެކްސިޑެންޓުގައި 300 މީހުން ވަނީ މަރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ