ރައީސް ޑރ. މުހައްމަދު މުއިއްޒު، ބ. އަތޮޅަށާއި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.
ރައީސް ވަނީ އެ ދަތުރުފުޅުގައި އެ ދެ އަތޮޅުގެ ގިނަ ރަށްރަށަށް ވަޑައިގެން އެ ރަށްތަކުގެ ކައުންސިލާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމުގެ މައުލޫމާތު އޮޅުންފިލުއްވައިފައެވެ. އަދި ވަނީ އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު، ރައްޔިތުންނާ ހިއްސާ ކުރައްވައިފައެވެ.
އެ މަނިކުފާނުގެ މީގެ ކުރިން ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުން ކަމަށެވެ. ރައީސް ވަނީ ހއ. ހދ. ށ. ނ. ގއ. ގދ. ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީއަށް މީގެ ކުރިން ވަޑައިގެންފައެވެ.
ރައީސްގެ ދަތުރުފުޅުގައި އެ މަނިކުފާނުގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައީސް އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ޚަބަރު
ޚަބަރު