މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އުމްރާ ދަތުރު ލިބުނު ތިން މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފިއެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިއަހަރު އެ ކުންފުނީގެ ހަރަދުގައި އުމްރާއަށް ދިއުމުގެ ފުރުސަތު ލިބުނު ތިން މުވައްޒަފުންނާ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ބައްދަލުކުރައްވައި، އެ މުވައްޒަފުންނަށް އުމްރާ ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވިއެވެ.

އެ ކުންފުނީގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން މިއަހަރު އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ ފަސީލް މުހައްމަދު، ހާމިދު މުހައްމަދު އަދި އަމީޒާ އަލީއެވެ.

އެމްޕީއެލްގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް ތިން މުވައްޒަފުން އުމްރާގެ އަޅުކަން އަދާކުރުމަށް އަދި ފަސް މުވައްޒަފުން ހައްޖުގެ އަޅުކަން އަދާކުރުމަށް އެ ކުންފުނީގެ ހަރަދުގައި ފޮނުވައެވެ.