ފުކުޝިމާ ނިއުކްލިއާ ރިއެކްޓަރުތަކުގެ ހާލަތު ބެލުމަށް ޖަޕާނުން ދެ ރޮބޮޓް ފޮނުވައިފިއެވެ.
2011 ވަނަ އަހަރު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމަށްފަހު އައި ސުނާމީގައި އެ ގައުމުގެ އުތުރުން އޮންނަ ފުކުޝިމާ ސިޓީގެ ނިއުކްލިއާ ރިއެކްޓަރު ހިމެނޭ ޕްލާންޓު ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.
އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި މި ރޮބޮޓު ފޮނުވަނީ، އެ ރިއެކްޓަރުގައި ހުރި ރޭޑިއޯއެކްޓިވް ފިއުލް އާއި ހަލާކުވީ ބައިތަކުގެ އިތުރުން އެހެނިހެން ކަންކަމާ ގުޅޭ ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ އެ ތަނުގެ ހާލަތު ބެލުމަށެވެ.
ހަރުފައެއް ގޮތަށް މަސައްކަތް ކުރާ އެ ދެރޮބޮޓުގައި ހާއްސަ ކެމެރާތަކާއި އެކި ތަހުލީލު ކުރާ އާލާތްތައް ހަރުކޮށްފައި ހުންނާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ރޮބޮޓުން ފޮނުވާފައި ވަނީ އެ ނިއުކްލިއާ ޕްލާންޓަށް އިންސާނުން ފޮނުވޭވަރަށްވުރެ އެތަނުގައި ރޭޑިއޯ އެކްޓިވިޓީ ހުރި ލެވެލް މަތިވުމުން ކަމަށް އޮފިޝަލުން ބުނެއެވެ. ރޭޑިއޯ އެކްޓިވް ލެވެލް މަތިވެފައިވާ ތަނަކަށް އިންސާނުން ވަނުމަކީ އެ މީހަކަށް ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ނުރައްކާތެރި ކަމެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ