ރުޅި އައިސްގެން ގެއިން ނިކުމެގެން ދިޔަ ދެކުދީން 13 އަހަރަށްފަހު އެނބުރި ގެއަށް އަތުވެއްޖެއެވެ.
އިންޑިއާގެ އުތުރުން އޮންނަ އާގަރާ ސިޓީގައި ދިރިއުޅެމުން ދިޔަ ދެކުދީން ގެއިން ނިކުމެގެން ގޮސްފައިވަނީ 2010 ވަނަ އަހަރުގެ ޖޫން މަހުގައި އާއިލާއާއި މައްސަލަ ޖެހިގެން އައި ރުޅީގައި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން އޭރު އުމުރުން 11 އަދި 7 އަހަރުގެ ދެކުދީން ގެއިން ނިކުމެގެން ދިޔައީ ކިލޯމީޓަރެއް ދުރުގައި ހުންނަ މާމަގެއަށް ދިއުމަށް ބުނެއެވެ. ނަމަވެސް މަގު އޮޅި ގެއްލުނީ ކަމަށް ނޫސްތަކުން ބުނެއެވެ.
ގެއްލުނު ދެކުދިން ހޯދުމަށް ދެކުދީންގެ މަންމަ ކުޑަކުދީންގެ ހައްގުތަކާބެހޭ އިދާރާތަކާ ގުޅިގެން ކުރި މަސައްކަތުން 13 އަހަރު ފަހުން ވަނީ މަސައްކަތް ކާމިޔާބު ވެފައެވެ.
ދެކުދީން ގެއްލުނު ދުވަހު ޓުކްޓުކް ޑްރައިވަރަކު ވަނީ އެކުދީން ރޭލްވޭ ސްޓޭޝަނަކަށް ގެންގޮސްދީއެވެ. އެތަނުގައި ހާލުގައި ޖެހިފައި ތިއްބާ އެ ކުދީންނަށް އެހީތެރިކަން ދީފައިވަނީ ކުޑަކުދީންނަށް އެހީތެރިވާ ޖަމިއްޔާއެއްގެ މީހެކެވެ. އޭނާ ވަނީ އެ ދެކުދީން ހާލުގައި ޖެހިފައިވާ ކުޑަކުދިން ގެންގުޅޭ ގެއަކަށް ގެންގޮސްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ