އިންޑިއާއިން އަންނަ އަހަރު ޖައްވަށްދާ މީހުން ދައްކާލައިފިއެވެ.
އިންޑިއާއިން އެގައުމުގެ ޖައްވީ މިޝަންތަކުގެ އެންމެ ބޮޑު އެއް މިޝަން ކަމަށްވާ ދަ ގަގަންޔާން މިޝަންގައި އަންނަ އަހަރު ތިން މީހަކު ޖަށްވަށް ފޮނުވުމަށް ނިންމާފައިވެއެވެ.
ދަ ގަގަންޔާން މިޝަންގައި ބައިވެރިވަނީ އިންޑިއާގެ އެއާފޯހުގެ ޕައިލެޓުން ކަމަށް އެ ގައުމުގެ ޖައްވީ އިދާރާ، އިސްރޯއިން ބުނެއެވެ.
އިސްރޯއިން ވަނީ އެ މިޝަންގައި ތިން އެސްޓްރަނައުޓުން ޖައްވުގެ 400 ކިލޯމީޓަރު އުހުގައި ތިން ދުވަސް ވަންދެން ބުރުޖެހުމަށްފަހު އެނބުރި ދުނިޔެއަށް އައުމަށް ނިންމާފައިވާކަމަށް މައުލޫމާތުދީފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިންޑިއާގެ ޖައްވީ އިދާރާއިން ވަނީ އެމިޝަނަށް ތައްޔާރުވުމަށް ގިނަ ޓެސްޓުތަކެއް ހަދާފައެވެ.
އިސްރޯއިން ވަނީ 2025 ވަނަ އަހަރު އިންސާނުން ޖައްވަށް ފޮނުވުމުގެ ކުރިން މި އަހަރު ޓެސްޓު ފްލައިޓެއްގައި ރޮބޮޓެއް ޖައްވަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ