ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ސާފް ބޯޑުން ނަގާ އަގު މޯލްޑިވިއަނުން ކުޑަކޮށްފިއެވެ.
ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މިދިޔަ ބުދަ ދުވަހު ހުވަދު އަތޮޅުގެ ޒުވާނަކު ވަނީ މޯލްޑިވިއަނުން ސާފް ބޯޑަށް ނަގާ އަގު ބޮޑުކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ދެކޮޅު ޓިކެޓާއެކު ކައްދުއަށް ފަތުރުވެރިންގެ އަތުން ސާފް ބޯޑާއެކު 800 ޑޮލަރު ނަގާ ކަމަށްބުނެ، އެކަމަށް ހައްލެއް ހޯދައިދެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާތޯ ރައީސާ ވަނީ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވެފައިވަނީ އެކަމަކީ ސާފިންގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޮޑުވެފައި އޮތް ކަމެއް ކަމަށެވެ. އަދި ކައްދޫއަކީ ސާފިންގައި ވަރަށް ކުރީގައި އުޅޭ ސަރަހައްދެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
"މޯލްޑިވިއަނުން ސާފް ބޯޑު ގެނައުމަށް މި ނަގާ ޗާޖު ވަރަށް ބޮޑު. އެހެންވީމާ އަޅުގަނޑު އެކަމާ ވާހަކަދައްކައިގެން އިރާދަކުރެއްވިއްޔާ ރަނގަޅު ހައްލެއް ގެނެސްދޭނަން. ވީހާވެސް ބޮޑަކަށް އަގު ކުޑަކޮށްދޭނަން،" ރައީސް ވިދާޅުވެފައިވެއެވެ.
މޯލްޑިވިއަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބޮޑެތި ސައިޒުގެ ސާފް ބޯޑު ގެންދިއުމަށް ނަގާ އަގުން 33 ޕަސަންޓު ކުޑަކޮށްފައިވާ ކަމަށެވެ. އަދި ކުޑަ ސާފް ބޯޑެއް ގެންދިއުމަށް ނަގާ އަގުން 66 ޕަސަންޓު ކުޑަކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު