ގޭސް ހޮޅިއެއް އަޅައި އިރާނުން ޕާކިސްތާނަށް ގޭސް ފޯރުކޮށްދޭން މަސައްކަތް ފަށައިފިއެވެ.

ޕާކިސްތާނުގެ ކެބިނެޓުން ވަނީ އިރާނާއި އެ ގައުމާ ދެމެދު 80 ކިލޯ މީޓަރުގެ ދިގު ގޭސް ހޮޅި އެޅުމުގެ މަސައްކަތް ފެށުމުގެ ހުއްދަ ދީފައެވެ. ގޭސް ހޮޅީގެ ޖުމްލަ ދިގުމިނުގައި 800 ކިލޯމީޓަރު ހުންނައިރު ކެބިނެޓުން އަދި ހުއްދަ ދީފައި ވަނީ 80 ކިލޯމީޓަރުގެ ސަރަހައްދެކެވެ.

ޕާކިސްތާނުގެ ގަވްދާރް ސިޓީން އިރާނުގެ ބޯޑަރު ހިމެނޭ ސަރަހައްދަށް ގުޅާލެވޭ އެ ގޭސް ހޮޅިން ފޯރުކޮށްދޭ ގޭހުން ޕާކިސްތާނުގައި ހަކަތަ އުފެއްދުމަށް ބޭނުންކުރާނެ ކަމަށް ސަރުކާރުގެ އޮފިޝަލުން ބުނެއެވެ.

ޕާކިސްތާނާއި އިރާނު ގުޅިގެން ހަކަތަ އުފެއްދުމަށް އެއްބަސް ވެފައިވަނީ މީގެ 25 އަހަރު ކުރިން 2013 ވަނަ އަހަރު އެވެ. ނަމަވެސް އދ އިން އިރާނަށް އަޅާފައިވާ ފިޔަވަޅުތަކާއި ފައިސާގެ މުއާމަލާތު ކުރުމަށް އެޅި ހުރަސްތަކުގެ ސަބަބުން އެ މަސައްކަތަށް ހަމަޖެއްސި އިންވެސްޓަރުން ވަނީ އެމަސައްކަތް ނުކޮށް މަޑުޖައްސާލާފައެވެ.

ޕާކިސްތާނުން ގޭސް ހޮޅީގެ މަސައްކަތް ފަށާފައިވާއިރު އެގައުމުގެ އާބާދީއަށް ހިދުމަތް ދެވޭވަރަށް ހަކަތަ އުފެއްދުމުގައި ދަތިތަކެއް ހުރިކަމަށް އޮފިޝަލުން ބުނެއެވެ.