ހއ. ދިއްދޫން (ޢަލީ ޔާމީން، ވަން އޮންލައިން)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ރާއްޖޭގެ ތާރީހުގައިވެސް ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް އެންމެ ގިނަ މަސައްކަތްތައް ކުރައްވަމުންގެންދަވާ ރައީސް ކަމަށް ލާމަރުކަޒީ ވަޒީރު، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ސަރަހައްދަށް (ބޮޑުތިލަދުންމައްޗަށް) މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މި ރަށަށް ރޭ ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ހެނދުނު މި ރަށު ސްކޫލުގައި ބޭއްވި އަންނަ ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ، ރައީސް މުއިއްޒަކީ ރައްޔިތުން ދެކެ ލޯބިވާ ރައްޔިތުންގެ ރައީސް ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ރޯދައިގެ ކުރިން ރާއްޖޭގެ ހުރިހާ ކައުންސިލަކާ ބައްދަލުކުރެއްވުމަށް ރައީސް ނިންމެވުން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ ތާރީހުގައިވެސް ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް މިހާވަރަށް މަސައްކަތް ކުރައްވާ ވެރިޔަކު ނުހުންނާނެ" މިނިސްޓަރު ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ، މި ދައުރުގެ ތެރޭގައި ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މީގެ ކުރިން ދުވަހަކުވެސް ނާންނަ ކުރިއެރުން އަންނާނެ ކަމަށާއި ހަގީގީ ބާރުވެރިކަމަކީ އެއީ ކަމަށެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު