މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަޅުފަޅުން ގޯތި ލިބުނު މީހުންނަށް ގުޅިފަޅުން ގޯތި ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މީހަކު ވަނީ ގިރާވަރުފަޅުން ގޯތި ލިބިފައި މީހުންނަށް ބޭނުން ނަމަ، ގުޅިފަޅުން ނުވަތަ ހުޅުމާލެއަށް ބަދަލުކުރެވިދާނެ ގޮތެއް އޮތްތޯ ރައީސާ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ ބައެއް ގިރާވަރުފަޅުން ގޯތި ލިބުނު ބައެއް އެހެން މީހުން ވެސް އެ ސުވާލު ކުރިމަތިކުރުވާފައިވާ ކަމަށާއި އެކަމަށް އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.
"ތި ކަމަކީ ފުރުސަތު އޮތް ކަމެއް. އަދި އެހެންނަމަވެސް ސިޔާސަތެއް ކަނޑަނާޅާ. ގިރާވަރުފަޅުން ގޯތި ލިބުނު ބައެއް މީހުންނަށް ގުޅިފަޅުގައި ގޯތި ދޭ އިރުގައި، އެތަނުން ޖާގަ ލިބިދާނެތޯ ނޫންތޯ އަޅުގަނޑުމެން ކަނޑައަޅާނަން. ދެ ތަނުގެ ވެސް ލޭންޑްޔޫސް ޕްލޭން މިހާރު ފައިނަލްކުރުމުގައި އުޅެނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ގުޅިފަޅުން ގޯތި ހަމަޖެހުމަކީ ފުރުސަތު އޮތް ކަމެއްގެ ގޮތުގައި ބެލުމަށް އެދޭ ކަމަށާއި އެ ސުވާލަށް ސީރިއަސްކޮށް އެޓެންޑުވެ، އެކަމަށް ވަރަށް އަވަހަށް ޖަވާބެއް ދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު