ރ. އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.
އެ މަޝްރޫއު ކުރިޔަށްގެންދާ އެމްޓީސީސީއިން އިއްޔެ ބުނީ، އެރަށު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރެއިން، ކޮނުމާއި ބިން ހިއްކުމުގެ މަސައްކަތުގެ 63 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، 10 ހެކްޓަރުގެ ބިން ހިއްކުމާއި 838.60 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 75 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
އެ މަޝްރޫއަކީ 71.08 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އުނގޫފާރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 2022 އޮގަސްޓް 23 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު