ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކާގެ ދެ ބޯޓު އިތުރު ކުރަން ނިންމައިފި އެވެ.

މިހާރު ކުރިއަށްދާ ސިންގަޕޯ އެއާޝޯގެ ތެރެއިން މޯލްޑިވިއަން އަށް އޭޓީއާރު މަރުކާގެ އިތުރު ދެ ބޯޓު ގަންނަން ނިންމާފައިވާކަން އޭޓީއާރު ކުންފުނިން ވަނީ ބުނެފައެވެ.

ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންވެސް ވަނީ މޯލްޑިވިއަންއަށް އޭޓީއާރް ދެ ބޯޓު ގަންނަން އޯޑަރު ދީފައިވާ ކަމަށް ވިދާޅުވެފައެވެ.

މޯލްޑިވިއަންއިން ގެންނަ އޭޓީއާރްގެ ދެ ބޯޓާއެކުގައި މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ އޭޓީއާރު މަރުކާގެ ބޯޓުގެ އަދަދު ހަތަކަށް އިތުރުވާނެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުވެސް މޯލްޑިވިއަނުން ވަނީ އޭޓީއާރް 600-42ގެ ދެ ބޯޓަށް އޯޑަރު ދީފައެވެ.

އޭޓީއާރްގެ ބޯޓްތަކަކީ، ތިމާވެއްޓާ ރައްޓެހި ތެލުގެ ހަރަދު ކުޑަ ބޯޓުތަކެކެވެ. މޯލްޑިވިއަންގެ ފްލީޓުގައި މިހާރު އެއާބަސް އޭ 320ގެ ބޯޓެއް ހިމެނޭހެން 25 ބޯޓު އެބައޮތެވެ.