ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ހަމަޖައްސައިފިއެވެ.

މީގެކުރިން ފުލުހުންގެ ތަރުޖަމާނަކަށް ހުންނެވީ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒެވެ.

ފުލުހުންގެ މީޑިއާއިން ބުނީ ސްޕޯކްސްޕާސަންގެ މަގާމަށް ޝިފާން ހަމަޖެއްސީ އޭނާ މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމުގެ މަސްއޫލިއްޔަތުގެ އިތުރުން ކަމަށެވެ. އޭނާ މިހާރު ހުންނެވީ ޕޮލިސް ކޮމިޝަނަރުގެ އޮފީހުގެ ހެޑުގެ ގޮތުގައެވެ.

ޝިފާން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ފުލުހުންގެ ތަރުޖަމާނުގެ މަގާމު އަދާކުރައްވައިފައެވެ.

ޝިފާން މީގެ ކުރިން ހުންނެވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސީ އެންޑް ލޯ އެންފޯސްމަންޓް (ޕޮލިސް ކޮލެޖް)ގެ ވެރިއަކަށެވެ. އޭނާ އޭގެ ކުރިން ހުންނެވީ މާލޭ ސިޓީ ފުލުހުންގެ ވެރިއަކަށެވެ.