ނާސާގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ހުޅުވާލާއިފިއެވެ.
ނާސާއިން އާންމުކޮށްފައިވާ އިއުލާނެއްގައި ވާގޮތުން އެ ކުންފުނިން ހުޅުވާލާފައިވަނީ މާސްގެ މާހައުލު އެކުލެވޭ ހާއްސަ ސިމިއުލޭޓަރެއްގައި އެއް އަހަރު ދުވަހުގެ މުއްދަތައް މަސައްކަތް ކުރުމުގެ ފުރުސަތެވެ.
ނާސާއިން ވަނީ އެމަގާމަށް ފަސް މީހުން ނެގުމަށް ނިންމާފައެވެ. އެގޮތުން އެމަގާމަށް މީހުން ނެގުމުގެ ޝަރުތުތަކުގެ ތެރޭގައި ސިއްހީ ގޮތުން ދުޅަހެޔޮ އަދި ސައިންސްގެ ދާއިރާއިން ޑިގުރީއެއް ފުރިހަމަ ކޮށްފައިވާ މީހަކަށް ވާން ޖެހެއެވެ. މީގެ އިތުރުން މިލިޓަރީގައި އުޅެފައިވާ މީހުން ނުވަތަ ޕައިލެޓުންނަށް އިސްކަން ދޭނެ ކަމަށް ނާސާއިން ބުނެއެވެ.
2025 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމުގައި އެއް އަހަރު ދުވަސް ހޭދަ ކުރާއިރު މާސް ފަދަ މާހައުލެއްގައި ދިރިއުޅުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
ނާސާއިން ބުނީ އެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެއް އަހަރުގެ މުއްދަތުގައި އެއްވެސް ސޯޝަލް މީޑިއާ ޕްލެޓް ފޯމެއް ބޭނުން ނުކުރެވޭނެ ކަމަށާއި އެތަނުން ބޭރަށް ގުޅުމަށް ކޮންމެ ދުވަހަކު 20 މިނެޓު ދޭނެކަމަށެވެ.
ނާސާގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ވަގުތު ހަމަވަނީ އަންނަ އޭޕްރީލް މަހުގެ ދެވަނަ ދުވަހު އެވެ. އަދި އެވަޒީފާއަށް ފުރުސަތު އޮންނާނީ އެމެރިކާގެ ރައްޔިތުން ނުވަތަ އެގައުމުގައި ރަށްވެހިވެފައިވާ މީހުނަށް ކަމަށްވެސް ނާސާއިން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ