ކެލިފޯނިއާ މީހެއްގެ ގެއިން ބަޑި ގުދަނެއް ފެނިއްޖެއެވެ.

އެމެރިކާގެ ކެލިފޯނިއާގެ ރިޗްމޮންޑް ސަރަހައްދުގައި ދިރިއުޅޭ އެ މީހާގެ ގެއިން 248 ބަޑިއާއި މިލިއަނަކަށްވުރެ ގިނަ ވަޒަން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން މިދިޔަ މަހު ހިންގި މި ތަހުގީގުގައި، އެ މީހާ ދިރިއުޅޭ ގެއިން 11 މެޝިން ބަޑިއާއި 133 ފިސްތޯލައިގެ އިތުރުން 37 ރައިފަލާއި 60 އެސައުލްޓް ރައިފަލްގެ އިތުރުން 7 ޝޮޓްގަން ވެސް ފެނިފައި ކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ވަނީ އެމީހާގެ ގެއިން ފެނިފައިވާ ބަޑިތަކުގެ އިތުރުން މިލިޓަރީގައި ބޭނުންކުރާ އެހެނިހެން އާލާތްތައްވެސް ފެނިފައިވާކަމަށް ބުނެފައެވެ. އެގޮތުން ގްރެނޭޑާއި ބަޑިބޭސް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

އެމީހާގެ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައި ނުވާއިރު އޭނާ ހުރިހާ ހަތިޔާރެއް ހޯދި ތަންތަން ބެލުމަށް ބޮޑު ތަހުގީގެއް ފަށާފައިވާކަމަށް ފުލުހުން ބުނެއެވެ.