މާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ މާލެ، މ. އެނބޫމާގެއާގެ ހަދީޖާ ޔަލްވީ (14އ)އެވެ.

ފުލުހުން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ ނުވަނަ ދުވަހުގެ ރޭ 8:00 އެހާކަންހާއިރު އެ ކުއްޖާ ދިރިއުޅޭ ގެއިން ކަމަށެވެ.

އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަމްބަރު 9790163/3000600 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.