ބާލީއަށް އެތެރެވާ ކޮންމެ ފަތުރުވެރިއެއްގެ އަތުން 10 ޑޮލަރު ނަގަން ފަށައިފިއެވެ.
ފަތުރުވެރިންގެ މެދުގައި މަގުބޫލު އިންޑޮނޭޝިއާގެ ބާލީގެ ތިމާވެއްޓާއި ސަގާފަތް ރައްކާތެރިކުރުމަށް އިއްޔެއިން ފެށިގެން ބާލީއަށް އެތެރެވާ ފަތުރުވެރީންގެ އަތުން ނެގުމަށް ހަމަޖެހިފައި ވަނީ 150،000 ރުޕިއަ އެވެ. އެއީ 9.60 އެމެރިކާ ޑޮލަރެވެ.
ބާލީއަށް ދާ ފަތުރުވެރީން އިތުރުކުރުމަށް އެ ގައުމުގެ ފަތުރުވެރިކަމާބެހޭ ވުޒާރާއާއި އެހެނިހެން ފަރާތްތަކުން ގުޅިގެން ކޮންމެ އަހަރަކުވެސް ގިނަ ހަރަކާތްތަކެއް ބާއްވައެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖެނުއަރީއިން ނޮވެމްބަރަށް އެ ގައުމަށް 4.8 މިލިއަން ފަތުރުވެރިން އެތެރެވެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ