ގްލޯބްޓެބް އިންވެސްޓްމެންޓުން އިންތިޒާމުކޮށްގެން ބާއްވާ މާކެޓާސް ސަމިޓު 2024ގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފިއެވެ.
މާކެޓާސް ސަމިޓުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖެއްސީ އެކަމަށްޓަކައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އޭގެ އިތުރުން އެ ސަމިޓުގެ 34 ޕާޓްނަރުންނާއި ސްޕޮންސަރުންނާއެކު ވެސް އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.
މިއަހަރުގެ ސަމިޓު އިތުރަށް ފުރިހަމަކަމާއެކު ބޭއްވުމަށް ސްޓްރެޓެޖިކް ޕާޓްނަރުގެ ގޮތުގައި ޗޮޕްއާޓްއާއެކު ވަނީ ސޮއިކޮށްފައެވެ. އަދި ކުރީ އަހަރެކޭ އެއްފަދައިން އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އެމްއެންޔޫ ބިޒްނަސް ސްކޫލެވެ.
- ރެޑް ކްރިއެޓިކް
- ނޯޝަން ގުރޫޕް
- އައިއެންޑްސީ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް
- މޭރީ މޯލްޑިވްސް
- ސާކަލް ކެޕިޓަލް
- ބިގް ޕްލޭޓް މޯލްޑިވްސް
- މަންހަޓަން ބިޒްނަސް ހޮޓެލް
- މިލާންސް
- ރާއްޖެ 24
- އުނިމާ ގްރޭންޑް
- ޓެލެންޓް.އެމްވީ
- ހޮޓެލިއާ މޯލްޑިވްސް
- ރޯޔަލް ބްލޫ ފިޝިން
- ރާމެން ހައުސް
- މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ
- އިންޑިއަން ކަލްޗާ ސެންޓާ
- އެމްއެންޔޫއެސްޔޫ ބޮޑުބެރު
- އައިކެއާ
- ދިރާގު
- އަދާރަން ޕްރެސްޓީޖް ވާދޫ
- މޫކައި ހޮޓެލްސް
- މުނި ހޯމްކެއާ
- ސަން މީޑިޔާ
- ޔުނިވާސަލް ޓްރެވެލް ސާވިސެސް
- ލެޓްސް ކޮފީ މޯލްޑިވްސް
- ބްރޭންޑްލޫމް
- ކަސްޓަމްސް ކޯޕްރޭޓިވް ސޮސައިޓީ
- ލަ - ސޫކް
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިޝްތިހާރު ކުރާ އެމްއެމްޕީއާރުސީގެ އިތުރުން އެސްޑީއެފްސީން ވެސް ވަނީ މާކެޓާސް ސަމިޓު އެންޑޯސްކޮށްފައެވެ.
ރާއްޖޭގެ ވިޔަފާރިތަކުގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަންސް ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެ ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އަދި 24 ވަނަ ދުވަހު އެމްއެންޔޫ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ.
އެ ސަމިޓު އިންތިޒާމުކުރާ ގްލޯބްޓެބް އިންވެސްޓްމެންޓުން ބުނީ މަސްނުއީ ތޫނުފިލިކަމާއެކެ (އާޓިފިޝަލް އިންޓެލިޖެންސް) ބޭނުންކޮށްގެން ދުނިޔޭގެ އެކިއެކި ދާއިރާތަކުން ތަފާތު ކުރިއެރުންތައް ހޯދަމުން އަންނަ ކަމަށާއި އެހެންކަމުން މިއަހަރުގެ ސަމިޓުގެ ޝިއާރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ "މަސްނުއީ ތޫނުފިލިކަމާއެކެ މާކެޓިން ދާއިރާއަށް އަންނަމުންދާ ބަދަލުތައް" މި ޝިއާރު ކަމަށެވެ.
ދަ މާކެޓާސް ސަމިޓް 2024ގައި ބައިވެރިވުމަށް ނުވަތަ ޕާޓްނާވުމަށް އެދޭ ފަރާތްތަކުން ދަ މާކެޓާސް ސަމިޓުގެ ހޮޓްލައިން 7600114 އަށް ގުޅުމަށް ނުވަތަ [email protected] އަށް މެއިލް ކުރުމުން އެކަމާ ބެހޭ މައުލޫމާތު ލިބިގެންދާނެ ކަމަށާއި ސަމިޓުގެ ސްޕީކަރުންނާއި އެހެނިހެން މައުލޫމާތު ހޯދުމަށް ދަ މާކެޓާސް ސަމިޓުގެ ވެބްސައިޓް www.marketerssummit.org އަށް ޒިޔާރަތްކުރުމަށް އެދޭ ކަމަށް ގްލޯބްޓެބް އިންވެސްޓްމެންޓުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު