އުކުނު އަޅާފައި ހުރުމުން ބެޓީ ކްރޮކާގެ ކޭކް މިކްސް ވިއްކުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބެޓީ ކްރޮކާގެ ޕެކެޓުތަކުގައި އުކުނު ހުރި ކަމަށް އާންމުންގެ ފަރާތަކުން ޝަކުވާ ހުށަހެޅުމުން މާލޭގެ ފިހާރަތަކުން ބެޓީ ކްރޮކާގެ ސާމްޕަލްތައް ނަގައި ޓެސްޓުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން ބައެއް ސާމްޕަލްތަކުގައި ގަނޑުލާފައި ހުރި އިރު، އަނެއްބައި ސާމްޕަލްތައް ވަނީ އުކުނާއި ދިރޭ ސޫފިތަކުން ތަގައްޔަރުވެފައި ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ. އެހެންކަމުން އެއީ ކެއުމަށް ރައްކާތެރި ތަކެތި ނޫން ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
- 432 ގްރާމް، ބެޓީ ކްރޮކާ ސުޕަ މޮއިސްޓް ޗޮކްލެޓް ފަޖް (އެކްސްޕައިރީ ޑޭޓް: މާޗު 18، 2024)
- 432 ގްރާމް، ބެޓީ ކްރޮކާ ސުޕަ މޮއިސްޓް މިލްކް ޗޮކްލެޓް (އެކްސްޕައިރީ ޑޭޓް: އޭޕްރިލް 13، 2024)
ޚަބަރު
ޚަބަރު
ޚަބަރު