ފްލޮރިޑާގެ ހައިވޭއަކަށް ކުޑަ ފްލައިޓެއް ވެއްޓި ދެމީހަކު މަރުވެއްޖެއެވެ.
އެމެރިކާގެ ފްލޮރިޑާގެ ހައިވޭއަކަށް ވެއްޓިފައި ވަނީ ފަސް މީހުން ދަތުރުކުރަމުން ދިޔަ ކުޑަ ފްލައިޓެއް ކަމަށް އޮފިޝަލުން ބުނެއެވެ. ފްލައިޓު ވެއްޓުމާއެކު އެ ވަގުތު ހައިވޭގައި އޮތް ވެހިކަލެއްގައި ޖެހި އަލިފާން ރޯވި ކަމަށް ހައިވޭ ޕެޓްރޯލް އޮފިޝަލުން ބުނެއެވެ.
ހުކުރު ދުވަހު ހިނގި އެ ހާދިސާއަށްފަހު އެ ހައިވޭ ބަންދުކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ ފްލޮރިޑާގެ ނެޕެލްސް ސަރަހައްދުގައި އެ ފްލައިޓު ވެއްޓިފައި ވަނީ އެއާޕޯޓުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައިކަމަށް ބުނެފައެވެ.
ބޮމްބާޑިއާ ޗެލެންޖާ600 މަރުކާގެ ކުޑަ ފްލައިޓު ވެއްޓުމާއެކު ދެ މީހަކު މަރުވެފައިވާ ކަމަށާއި ވެހިކަލެއް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ނެޕްލެސް އެއާޕޯޓުގެ އޮފިޝަލުން ވަނީ ފްލައިޓު އެއާޕޯޓުން ފުރުމާއެކު ގުޅުން ކެންޑިފައިވާކަމަށާއި ފްލައިޓު ވެއްޓެން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ