ތައި އެއާވޭސް ފްލައިޓެއްގެ އިމަޖެންސީ ދޮރު ހުޅުވި މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ބެންކޮކްގެ ޗަންގްމައި އެއާޕޯޓުން ފުރަން ތައްޔާރުވެފައި އޮތް އެ ފްލައިޓުގެ އިމަޖެންސީ ދޮރު ހުޅުވާފައި ވަނީ ކެނެޑާއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ މީހަކު ކަމަށް އޮފިޝަލުން ބުނެއެވެ.

ހާދިސާ ހިނގުމާއެކު އެމީހާ ހައްޔަރުކޮށްފައިވާއިރު އޭނާގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލައިފައެވެ.

އޮފިޝަލުން ވަނީ އެމީހާ ފްލައިޓަށް ގެއްލުންދިން ކުށުގެ އިތުރުން ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ސަބަބުން އެހެން މީހުން ނުރައްކަލަށް ލުމުގެ ދައުވާވެސް އުފުލާފައެވެ.

ފުލުހުން ކުރިޔަށް ގެންދާ ތަހުގީގަށް ބަޔާން ދެމުން އެމީހާ ވަނީ އޭނާ ދޮރު ހުޅުވަން ޖެހުނީ އޭނާ މަރާލުމަށް މީހަކު މަސައްކަތް ކުރުމުގެ ސަބަބުން ކަމަށް ބުނެފައެވެ.

ހާދިސާއަށްފަހު ފްލައިޓު ތިންގަޑިއިރަށް ޑިލޭވެފައިވާއިރު އެ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫ އަރައި ގިނަ ފްލައިޓުތައް ޑިލޭވެފައިވެއެވެ.