ދެވަނަ ބޮޑުހަނގުރާމައިގައި ނުގޮވައި އޮތް ބޮމެއް ފެނިއްޖެއެވެ.
ފްލޮރިޑާގެ ރީޖަނަލް އެއާޕޯޓަކުން ފެނިފައިވާ އެ ބޮމުގައި 1000 ޕައުންޑުގެ ބަރުދަންހުންނަވަރުގެ ގޮވާތަކެތި ހުރިކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އެއާޕޯޓުގެ ހެލިކަޕްޓަރު ޖައްސާ ސަރަހައްދު މަރާމާތު ކުރުމުގެ ތެރޭގައި ފެނިފައިވާ އެބޮން ގޮވައިފާނެކަމުގެ ބިރަށް ބޮޑު ސަރަހައްދެއް ބަންދު ކޮށްފައިވެއެވެ.
އޮފިޝަލުން ބުނާގޮތުގައި، ބޮން ނައްތާލާ ހާއްސަ ޓީމަކުން ވަނީ އެ ބޮން ނުގޮވާގޮތް ހަދައިފައެވެ.
ބޮން ފެނިފައިވާ ސަރަހައްދު ކޮނެގެން އިތުރު ބޮމެއް އޮތްތޯ ބަލަމުން އަންނައިރު ފެނިފައިވާ ބޮން ވަނީ ދަބަރު ޖަހައި އޭގެ ތޮށިގަނޑު ގިރިގެން ދާން ފަށާފައިކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ފްލޮރިޑާގެ ރީޖަނަލް އެއާޕޯޓަކީ ދެވަނަ ބޮޑު ހަނގުރާމަ ހިނގި ދުވަސްވަރު ބޮން ޓެސްޓުކުރުމަށް ބޭނުންކުރި ސަރަހައްދެއްކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ