ތިން ގައުމެއްގެ ސަފީރުކަމަށް އައްޔަން ކުރުމަށްޓަކައި ތިން ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، އަވަށްޓެރި ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް، މއ. ތުޅާގިރި މަސްއޫދު އިމާދު އާއި މެލޭޝިޔާގެ ސަފީރުކަމަށް މ. ރުއްފުށި މަރިޔަމް ޝަބީނާ އަހުމަދު އަދި ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅުއްވާފައިވާ ރާއްޖޭގެ ސަފީރުކަމަށް މ. ގީލާ ވިލާ ގީލާ އަލީއެވެ.

މި ތިން ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ރައީސް މަޖިލީހަށް ފޮނުއްވި ސިޓީފުޅު، މަޖިލީހުގެ އަމީން އާއްމު މަޖިލިސް ތަޅުމަށް އިއްވުމުން، އެ ތިން ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް ފިނުއްވުމަށް މަޖިލިސް ރައީސް ވަނީ ނިންމަވައިފައެވެ.