އެއްވަނަ އިނާމަކަށް 100،000 ރުފިޔާ ލިބޭ މިފްކޯގެ ރޯދަ ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.

"ފަސްމީރު މާމީރު" ގެ ނަނުގައި ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި 200 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ.

މާލެ، ހުޅުމާލެ އަދި މިފްކޯ ސެންޓަރުތަކުގައި ހުންނަ ފިހާރަތަކުގައި އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުން ދެވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ތިންވަނަ އިނާމަކަށް ހުށަހަޅާފައިވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.