ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާން ކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ކުރި ތަހުގީގަށް ފަހު އޭސީސީން މިއަދު ވަނީ އެ ކޮމިޝަނުން ކުރި ތަހުގީގުގެ ތަފުސީލު ހާމަކޮށްފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީސީން ބުނީ ފްލެޓް މައްސަލައިގައި ޕޯޓަލް މެދުވެވެރިކޮށް ދާއިމީ ލިސްޓަށް 20،000 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 4،048 ފޯމެއް ބެލި ކަމަށެވެ.
އެގޮތުން ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ނެތް ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓެވެ. އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓެވެ. އެއީ ގާތްގަނޑަށް 1،600 ފްލެޓެވެ.
އޭސީސީން ބުނީ 59.6 ޕަސެންޓް ފޯމު ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2،400 ފްލެޓެވެ.
- 4000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ޝަރުތު ފުރިހަމަނުވާ ގިނަ މީހުން ހިމަނާފައިވުން
- ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވުން
- ޝަކުވާގެ މުއްދަތުގައި އާ ލިޔެކިޔުން ހުށަހެޅި
- ޕޮއިންޓު ދިނުމުގެ އިތުރަށް ޕޮއިންޓު ދީފައިވުން
- ގިނަ ފަރާތްތަކެއް ހައްގު ގެއްލުމުގެ އިހުމާލު އޮތްކަން ފާހަގަކުރެވުނު
އޭސީސީން ބުނީ ޝަރުތު ހަމަނުވާ ފޯމުތަކުގެ ތެރޭގައި ގިނައީ އުސޫލުގެ ތިން ވަނަ ނަމްބަރުގެ (ނ)، މާލޭގައި ދިރިއުޅެފައިވާ ފަރާތެއްކަން ސާބިތުކުރުމަށް ހަމައެކެނި ގޭގެ ލިޔުމެއް ނުވަތަ ރަށްރަށުގެ ކައުންސިލުގެ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން ހުށަހަޅާފައިވާ ހާލަތުގައި އެ ލިޔުމަށް ބުރަދަންދީ ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާފައިވާ ފޯމުތައް ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާން ކުރި 4000 ފުލެޓް ދިނުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް އެކަން ހުއްޓުވީވެސް އޭސީސީންނެވެ. އެއީ ފްލެޓަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ނުފޫޒުގެ ބޭނުން ކޮށްފައިވާ ކަމަށް ކުރި ތުހުމަތު ތަކަކާ ގުޅިގެންނެވެ.
އޭގެ ފަހުން އެކަމާބެހޭ ޕޯޓަލްއަށް އެކްސެސް ވުމުގެ ހުއްދަ ހޯމް މިނިސްޓްރީން ނުދީގެން ގިނަ ދުވަސްތަކެއް ވަންދެން އެކަމުގެ ތަހުގީގު ކުރިއަށް ނުގޮސް ހުއްޓިފައި އޮތެވެ. ނަމަވެސް މިނިސްޓްރީން އެކްސެސް ދިނުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު އޭސީސީން ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ. އަދި ތަހުގީގު ނިންމައި ފްލެޓް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ވަނީ ހުއްދަދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު