ތިން މީހުންނާއެކު ގެއްލުނު ޕެނަމާގެ މަސްބޯޓެއް 11 ދުވަސް ފަހުން ފެނިއްޖެއެވެ.
ޕެނަމާއަށް ނިސްބަތްވާ އެތިން މީހުން ދަތުރުކުރި މަސްބޯޓު އެ ގައުމުގެ ވެރަކްރޫޒަށް ދަތުރުކުރަނިކޮށް އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ވަނީ ބެހިގެން ގޮސްފައެވެ.
ތިން މީހުން ދަތުރުކުރި މަސްބޯޓު ފެނިފައިވަނީ ކޮލަމްބިއާގެ ނޭވީގެ ޕެޓްރޯލް ބޯޑަކަށެވެ. ކޮލަމްބިއާގެ ނޭވީ އިން ވަނީ އެތިން މީހުން ފެނިފައި ވަނީ އެ ގައުމުގެ ވެރިރަށް ބުއަނެވެންތުރާގެ 180 ނޯޓިކަލް މޭލު ބޭރުން ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ބުނެފައެވެ.
އެ ތިން މީހުންނާ ހަވަލާދީ ޕަނަމާގެ ނޫސްތަކުން ވަނީ އެމީހުން ބެހިގެން ކަނޑުމަތީގައި ހާލުގައި ޖެހުނު ވަގުތު އެމީހުންގެ އަތުގައި އެއްވެސް ކާ އެއްޗެއް ނެތް ކަމަށާއި ފެން ވެސް ނެތް ކަމަށް ބުނެފައެވެ.
ހާލުގައި ޖެހުމުން އެމީހުން ބޯން ބޭނުންކުރީ ވާރޭ ވެހުމުން ފެން ނަގައިގެން ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އެމީހުން ކެއުމަށް ބޭނުންކުރީ އޮޔާ ދާ ކާށި ހޯދައިގެން ކަމަށް ވެސް ރިޕޯޓު ގައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ