ޖައްވުގައި އެންމެ ގިނަ ދުވަސް ހޭދަކުރުމުގެ ރެކޯޑު ރަޝިޔާގެ އެސްޓްރަނައުޓަކު މުގުރާލައިފިއެވެ.

ރަޝިޔާގެ އެންމެ ކާމިޔާބު އަދި އެންމެ ތަޖުރިބާ ކާރު އެސްޓްރަނައުޓް އޮލެގް ކޮނޮނެންކޯ ވަނީ އެ ގައުމުގެ ސްޕޭސް އެޖެންސީގެ މިޝަނެއްގައި އެ ގައުމުގެ ޖައްވީ އިދާރާގައި 878 ދުވަހާއި 12 ގަޑިއިރު ހޭދަކޮށްފައެވެ.

އޮލެގް މުގުރާލާފައި ވަނީ އެގައުމުގެ އެސްޓްރަނައުޓް ގެނަޑީ ޕެޑަލްކާގެ ރެކޯޑެވެ. އޭނާ ވަނީ ޖައްވުގައި 878 ދުވަހާއި 11 ގަޑިއިރާއި 29 މިނެޓު ހޭދަކޮށްފައެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި، އޮލެގް އޭނާގެ ޖައްވީ މިޝަންތަކުގައި ފަސް ފަހަރެއްގެ މަތިން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި މިޝަންތައް ހިންގާފައެވެ.

ކުޑައިރުގެ އެންމެ ބޮޑު ހުވަފެން ކަމަށްވާ އެސްޓްރަނައުޓަކަށް ވުމުގެ ހުވަފެން ކާމިޔާބުކޮށް އޮލެގް ވަނީ އޭނާ އެންމެ ބޭނުންވާ ކަމަކީ ޖައްވަށް ދަތުރުކުރުން ކަމަށް ބުނެފައެވެ. ނަމަވެސް ރެކޯޑު ހެދުމަކީ އޭނާ ކުރާހިތްވާ ކަމެއް ނޫން ކަމަށްވެސް އޮލެގް ބުނެފައިވެއެވެ.