މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި 124 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާންމު ކޮށްފައިވާ މިދިޔަ އަހަރު ނިމުނު އިރު އެތެރޭގެ ދަރަނީގެ ގޮތުގައި ނެގި ވަރު 73 ބިލިއަނަށް އެރި އިރު، ބޭރުގެ ދަރަނީގެ ގޮތުގައި އެރި ވަރު 51 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.
މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި 124 ބިލިއަން ރުފިޔާގައި ހުރި އިރު، މިއީ މިދިޔަ އަހަރު ފެށުނުއިރު ހުރި އަދަދަށްވުރެ 10.5 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އެގޮތުން މިދިޔަ އަހަރު ފެށި އިރު ދައުލަތުގެ ދަރަނި ހުރީ 114 ބިލިއަން ރުފިޔާގައެވެ. އޭރު އެތެރޭގެ ދަރަނި ހުރީ 65 ބިލިއަން ރުފިޔާގައެވެ. އަދި ބޭރުން ނެގި ލޯނުތަކުގެ އަދަދު ހުރީ 49 ބިލިއަން ރުފިޔާގައެވެ.
މި ތަފާސް ހިސާބުތަކަށް ބަލާއިރު މިިދިޔަ އަހަރު ނިމުނުއިރު އެތެރޭގެ ދަރަނީގެ ގޮތުގައި ނެގި ވަރު ވަނީ އަށް ބިލިއަން ރުފިޔާ އިތުރުވެފައެވެ. އަދި ބޭރުން ނެގި ލޯނުތަކުގެ އަދަދު ވަނީ ދެ ބިލިއަން އިތުރުވެފައެވެ.
އެއް އަހަރުން އަނެއް އަހަރަށް ދައުލަތުގެ ދަރަނި އިތުރުވަމުން އަންނަ އިރު 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު (15.4 ބިލިއަން ރުފިޔާ) ދައްކަން ޖެހޭނެ އެވެ. އެއީ ދައުލަތުން އެންމެ ބޮޑު ދަރަންޏެއް އެއް ފަހަރާ ދައްކަން ޖެހޭނެ އަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު