އެމެރިކާގެ އެންމެ މުސްކުޅި މީހާ އުފަންދުވަސް ފާހަގަކުރުމަށް ޕެރޭޑެއް ބާއްވަން ނިންމައިފިއެވެ.

އެމެރިކާގެ އެންމެ މުސްކުޅި މީހާގެ އުމުރުން 116 ފުރިފައިވާއިރު، އޭނާ މި ޕެރޭޑް ބާއްވަން ނިންމާފައި ވަނީ މިއަދުއެވެ.

އެޑިތު ރެކްގްނޯ ނަމަކަށް ކިޔާ އެ މީހާ ވަނީ އޭނާގެ އުފަންދުވަހަކީ މާދަމާ ކަމުގައި ވީނަމަވެސް މިއަދަކީ އެ ގައުމަށް ބަންދު ދުވަހަކަށް ވެފައި ހާއްސަ ދުވަހަކަށް ވުމުން މިއަދުގެ ޕެރޭޑް ކެލިފޯނިއާގައި އޮންނާނެ ކަމަށް އިއުލާނުކޮށްފައެވެ.

1908 ވަނަ އަހަރު އުފަން ވެފައިވާ އެޑިތު އަކީ އެމެރިކާގައި ހުރި އެންމެ ގިނަ ދުވަސްވީ މީހާއެވެ. އޭނާއަކީ މުޅި ދުނިޔޭގައިވެސް އެންމެ އުމުރުން ދުވަސްވީ ދެވަނަ މީހާއެވެ.

އެޑިތު ވަނީ އޭނާގެ 100 ވަނަ އުފަން ދުވަސް ވެސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ. އަދި 2021 ވަނަ އަހަރުވެސް އޭނާވަނީ އުފަސްދުވަސް ފާހަގަކުރުމަށް ޕެރޭޑެެއް ބާއްވާފައެވެ.