އަމާޒަކީ މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ނެގުން ކަމަށާއި އެ މަންޒަރު ފެނިގެންދާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވީ އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ޖަމާލުއްދީން ސްކޫލަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ސޯލިހު ވިދާޅުވީ ޕްރައިމަރީއެއްގައި ކޮންމެ ފަހަރަކުވެސް ހައްލުކުރަން ދަތި ކަންތައްތަކެއް ދިމާވާ ކަމަށާއި މިފަހަރުގެ ޕްރައިމަރީއަށް ޕާޓީގެ ލީޑާޝިޕުން ދުރާލައި މަޝްވަރާ ކޮށްގެން ހޯދުނު ނަތީޖާއަކީ ރަނގަޅު ކާމިޔާބީއެއް ކަމަށެވެ.
"ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މީގެ ސަބަބުން ވަރަށް ބޮޑުތަން އިރާދަކުރެއްވިއްޔާ ފަސޭހަވެގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން، ޕްރައިމަރީ ނިމުމާއެކު މަޖިލިސް އިންތިހާބުގެ ކެމްޕޭނު ލޯންޗުކުރާނެ ކަމަށް ރައިސް ސޯލިހު ވިދާޅުވިއެވެ. އެމްޑީޕީއަކީ ކޮންމެ ފަހަރަކުވެސް ވަރަށް ރަނގަޅަށް އިންތިޒާމު ކޮށްގެން ކެމްޕޭނު ކުރިއަށް ގެންދާ ޕާޓިއެއްކަން ފާހަގަކުރައްވައި ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ދަތުރުކޮށް، މަޖިލިސް އިންތިހާބަށް ކެމްޕޭނުކުރާނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ މަޖިލިސް އިންތިހާބުގެ ސާފު އަގުލަބިއްޔަތު ލިބޭނެ ކަމަށެވެ.
މިއަދު ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން މިހާރު ވަނީ ނިންމާލައިފައެވެ. އަދި ވޯޓު ގުނައި ނަތީޖާ ދަނީ އިއުލާނު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު