ޕާކިސްތާނުގެ ރިޔާސީ ކެންޑިޑޭޓަކަށް ބަޑިން ހަމަލާދީ މަރާލައިފިއެވެ.
މިމަހުގެ އަށްވަނަ ދުވަހު އޮންނަ ޕާކިސްތާނުގެ އާންމު އިންތިހާބުގައި ބައިވެރިވެވަޑައިގަންނަވާ ކެންޑިޑޭޓަކަށް ހަމަލާދީފައިވަނީ ބުދަދުވަހު ކެމްޕޭނު ކުރައްވަނިކޮށް ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އިންތިހާބުގައި ބައިވެރިވެވަޑައިގަންނަވާ ކެންޑިޑޭޓުންގެ ތެރެއިން އަމިއްލަގޮތުން ބައިވެރިވެވަޑައިގެންފައިވާ ރީހާން ޒެބް ކާން އަށް ހަމަލާ ދީފައިވަނީ ބަޑި ޖަހައިގެން ކަމަށް އޮފިޝަލުން ބުނެއެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން އަށް ނިސްބަތްވާ ޕާކިސްތާން ތަހްރީކް އަލް އިންސާފް ޕާޓީން ތާއީދުކޮށްފައިވާ އެ ކެންޑިޑޭޓަށް ދިން ހަމަލާ، އިސްލާމިކް ސްޓޭޓުން ވަނީ އުފުލައިފައެވެ.
މިދިޔަމަހުގެ 10 ވަނަ ދުވަހުވެސް ވަނީ އިންތިހާބުގައި ވާދަކުރާ އެހެން ޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓަކަށްވެސް ކެމްޕޭނު ތެރެއިން ހަމަލާދީ މަރާލާފައި ކަމަށް އެގައުމުގެ ފުލުހުންނާއި ހަވާލާދީ ނޫސްތަކުގައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ