ތުރުކީގެ ޑްރޯން އުފައްދާ ކުންފުންޏެއްގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޔޫތް ހެކަތަން އިފުތިތާހު ކުރުމަށް މިއަަދު އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ފައިސަލް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި ޑްރޯން އުފައްދާ ކުންފުންޏަކާ ބައްދަލުކުރެއްވި ކަމަށާއި މޯލްޑިވްސް ޔޫތު ހެކަތަނުން ނުކުންނަ ކުދިންނަށް އެ ކުންފުންޏާއެކު މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ މި ޕްރޮގުރާމުން ނުކުންނަ އެންމެ ޕޮޓެންޝިއަލް ކުދިންނަށް އަޅުގަނޑުމެންނަށް އެ ކޮމްޕެނީ އާއެކު ފުރުސަތުތައް ހޯދައިދެވިދާނެހެން،" ފައިސަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށާއި ރާއްޖެ އަންނަ ފަތުރުވެރިންނަށް ހާއްސަ އެކިއެކި އެޕްލިކޭޝަންތައް މޯލްޑިވްސް ޔޫތް ހެކަތަންގެ ތެރެއިން އުފައްދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު