ސަރުކާރަށް ބޭނުންވާ ކާރުތަކެއް ކަނޑައަޅާފައިވާ މުއްދަތުގައި ނުގެނައި މައްސަލައިގައި ފިނޭންސް މިނިސްޓްރީއަށް ދެ މިލިއަން ރުފިޔާ ދައްކަން މުހައްމަދު އުޝާމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓަށް ހުށަހެޅި އެ ދައުވާގައި ދައުލަތުން އެދިފައިވަނީ ފިނޭންސް މިނިސްޓްރީ އާއި ސްކައިބިޒް އިންވެސްޓްމެންޓާ ދެމެދު 5 ޑިސެމްބަރު 2016 ގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ކާރުތައް ދައުލަތާ ހަވާލުކޮށްފައި ނުވާތީ، އެ އެއްބަސްވުމުގެ ދަށުން ލިކުއިޑޭޓަޑް ޑެމޭޖާސްގެ ގޮތުގައި ދެ މިލިއަން ރުފިޔާ އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް މުހައްމަދު ހުޝާމްގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.
އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، އެ ފައިސާ ފިނޭންސަށް ދައްކަންޖެހޭކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން ދެ މިލިއަން ރުފިޔާ ދައުލަތަށް ލިބިދިނުމުގެ ގޮތުން 1 މާޗުގެ ކުރިން އެ ފައިސާ ސިވިލް ކޯޓަށް ދައްކަން ހުޝާމްގެ މައްޗަށް އަމުރުކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު