70 އަހަރަށްފަހު ސައުދީގައި ރާ ވިއްކުމުގެ ހުއްދަ ދޭން ނިންމައިފިއެވެ.
ސައުދީގައި ރާވިއްކުމުގެ ހުއްދައާއިއެކު ވެރިރަށް ރިޔާދުގައި އެކަމަށް ހާއްސަ ފިހާރައެއް ހުޅުވުމަށް ނިންމާފައިވާކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ސައުދީން ވަނީ އެ ގައުމުގައި ރާ ވިއްކުމުގެ ހުއްދަ ދިން ކަމުގައި ވިޔަސް އެކަން ކުރުމަށް ހަމަޖެހިފައި ވަނީ ހާއްސަ ގަވާއިދުތަކަކާއި އެކު ކަމަށް ބުނެފައެވެ.
ސައުދީގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި، ރާ ވިއްކުމުގެ ހުއްދަ ލިބޭނީ ހަމައެކަނި ގައިރު މުސްލިމުންނަށެވެ. ރާ ގަތުމަށް ބޭނުންވާ މީހުން ކުރިޔާލައި ހުއްދަ ނަގަން ޖެހޭނެކަމަށާއި އެމީހާގެ އުމުރު 21 އަހަރުން މަތި ވާން ޖެހޭނެކަމަށް ވެސް ބުނެފައިވެއެވެ.
ސައުދީގައި ރާ ވިއްކުން މަނާކުރީ 1952 ވަނަ އަހަރު އެވެ. އެއީ އެ ގައުމުގެ ރަސްގެފާނު އަބްދުލް އަޒީޒްގެ ދަރިކަލުން މަސްތުގެ ހާލަތުގައި ހުންނަވައި، އިނގިރޭސި ޑިޕްލޮމެޓިކް އޮފިޝަލަކަށް ބަޑިން ހަމަލާދެއްވައި، މަރައިލި ހާދިސާއަށްފަހުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ