ޖަޕާނުން ހަނދަށް ފޮނުވާލި ''މޫން ސްނައިޕާ'' އޮތީ އެކޮޅުކޮޅަށް ކަމަށް އެ ގައުމުގެ ޖައްވީ އިދާރާއިން ބުނެފިއެވެ.
ޖަޕާން އެއިރޯ ސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީން (ޖަޒާ) އިން ބުނީ އެ އުޅަނދުގެ ފުރަތަމަ ފޮޓޯއިން ފެންނަ ގޮތުން ހަނދުގައި އުޅަނދު ޖެއްސުމުގެ ކުރިން އުޅަނދު ވަނީ 90 ޑިގުރީއަށް އެނބުރިފައެވެ.
ޖަޒާއިން ބުނީ އެ އުޅަނދުގެ ސޯލާ ޕެނަލްތައް ހުރީ އިރުގެ އަލި ލިބޭ ގޮތަށް ނޫން ކަމަށާއި އެކަމުގެ ސަބަބުން އެ އުޅަނދަށް ކަރަންޓު ލިބޭ ބެޓެރިތައް ޗާޖު ނުވާނެ ކަމަށެވެ.
''މޫން ސްނައިޕާ'ގެ ފޮޓޯ ނަގާފައި ވަނީ އެ އުޅަނދުން ހަނދަށް ފޮނުވާފައިވާ ކުޑަ ރޮބޮޓް ''އޮރާ-ކިއު" އިން ކަމަށް ޖަޒާއިން ބުނެއެވެ. އެ ރޮބޮޓް ވަނީ ކުރިން ރޭވިފައިވާ ގޮތަށް ''މޫން ސްނައިޕާ' ހަނދަށް ތިރިކުރުމުގެ ކުރިން އުޅަނދާ ވަކިވެ ހަނދުގައި ހަރަކާތްތެރިވާން ފަށާފައެވެ.
ޖަޕާން އެއިރޯ ސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީން ބުނެފައިވާ ގޮތުގައި، އެ އުޅަނދު އެކޮޅުކޮޅުން ހަނދަށް ތިރިވި ކަމަށް ބެލެވެނީ އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ