މިނިސްޓަރުންނާ ސުވާލު ކުރުމުގެ ސިލްސިލާ ޕްރޮގުރާމުގެ ފުރަތަމަ ފޯރަމް މިރޭ ބާއްވަން ނިންމައިފިއެވެ.

ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށް ގެންދާ އެ ފޯރަމް އޮންނާނީ މިރޭ 8:30 ގައި ސަލްޓަން ޕާކުގައެވެ. "އަހާ!" ގެނަމުގައި ގެންނަ އެ ފޯރަމު ކުރިއަށް ގެންދަނީ ކޮންމެ ދެމަހުން އެއްމަހުއެވެ.

ރައީސް އޮފީހުގެ އެކްސް އެކައުންޓުގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ވަނީ މިރޭގެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާނެ މިނިސްޓަރުން އާންމުކޮށްފައެވެ. އެގޮތުން އެ ފޯރަމުގައި ބައިވެރިވާނީ:

  • މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް: ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް: ޑރ. އާއިޝަތު ޝިހާމް
  • މިނިސްޓާ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރީކްރިއޭޝަން: އަބްދުﷲ ރާފިއު
  • މިނިސްޓާ އޮފް ކޮންސްޓަރަކްޝަން އެންޑް އިންފްރާސްޓަރަކްޝާ: ޑރ. އަބްދުﷲ މުއްތަލިބު
  • މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް: މުހައްމަދު ސައީދު

އެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓަރުންނާ ސުވާލު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ކުރިއާލައި ސުވާލު އެސްއެމްއެސް ކުރަން ޖެހެއެވެ. އެގޮތުން އެސްމެމްއެސް ކުރަން ޖެހެނީ AH (space) Suvaalu to 300 އަށެވެ.