ހއ. ހޯރަފުށީގައި އިމާރާތްކުރަން ފެށި 18 އަހަރުން ދަށުގެ ކުދިން ތަމްރީނުކުރާ މަރުކަޒު، ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް)ގެ މަސައްކަތް ފުރިހަމަކޮށް ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ ދަށުން ގްރައުންޑް މަސައްކަތާއި، ކޮންކްރީޓް މަސައްކަތާއި، މޭޝަނަރީ އަދި ޕްލާސްޓަރިންގް މަސައްކަތާއި، ފުރާޅު އަދި ސީލިން މަސައްކަތާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ފިނިޝިން މަސައްކަތް (ޓައިލްސް ޖެހުން، ކުލަލުން، ޑެކަރޭޝަން)ތަކާއި، މެކޭނިކަލް، އިލެކްޓްރިކަލް، ޕްލަންބިންގް މަސައްކަތާއި، އަލިފާން ނިންވާ މަސައްކަތް ހިނެމޭ ކަމަށެވެ.
ކުށްކުރާ ކުދިން ތަމްރީނުކުރާ މަރުކަޒުގެ އެންމެ ބޮޑު ބޭނުމަކީ، އެކި ކުށްކުށުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ބޭނުންވާ ރިހެބިލިޓޭޝަން ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދީ، އެ ކުދިންނަކީ މުސްތަގުބަލުގައި ބޭނުންތެރި ކުދިންކަމުގައި ހަދައި މުޖުތަމައުއަށް ނެރުމެވެ.
ހޯމް މިނިސްޓްރީން އެމްޓީސީސީއާ އެ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރީ މިދިޔަ 2022 އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެ މަރުކަޒު ބަލަހައްޓާނީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިންނެވެ. އެއީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިދާރާއެކެވެ.
- ގައުމު ބިނާކުރުމުގައި އާއިލާގެ ދުޅަހެޔޮކަން ދަމަހައްޓައި، ގައުމުގެ އަންނަން އޮތް ޖީލުތަކުގެ ދައުރުގެ މުހިންމުކަން ގަބޫލުކޮށް، އެ ޖީލުތައް ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް މަގުފަހިކުރުމަށްޓަކައި، އަދުގެ ކުޑަކުދިންގެ ޖިސްމާނީ، ނަފްސާނީ، ރޫޙާނީ، ފިކުރީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ރައްކާތެރިކޮށް، ދަމަހައްޓައި، ތަރައްގީކުރުމަށް ބާރުއެޅުން.
- ކުޑަކުދިންނަކީ، ދައުލަތުގެ ފަރާތުންނާއި ޢާއިލާގެ ފަރާތުންނާއި މުޖުތަމައުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބުމުގެ ހައްގު ލިބިގެންވާ ބައެއް ކަމުގައި ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮވޭ.
- ބޮޑެތި މީހުންގެ މައްޗަށް ހިންގޭ އާންމު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ކުއްޖާ ވަނުމުގެ ސަބަބުން ކުއްޖާއަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވުން.
- ކުށުގެ ރެކޯޑެއް އޮވެއްޖެނަމަ ކުއްޖާއަށް ކުރާނެ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވައި، ކުއްޖާ ކުށްކުރުން ތަކުރާރުކުރުމާ ދުރުހެލިކުރުވުން.
- ގާނޫނާ ހިލާފު އަމަލު ހިންގާ ކުއްޖާއާއި އެ އަމަލުގެ ސަބަބުން ގެއްލުން ލިބޭ ފަރާތް ގުޅުވައިދީ، މައާފަށް އެދުމަށް ފުރުސަތު ހޯދައިދިނުމާއި، އެ އަމަލުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން މައުނަވީ ބަދަލެއް ނުވަތަ ހައްލެއް ހޯދައިދިނުމަށް މަގުފަހިކުރުން.
- ކުޑަކުއްޖަކާ ގުޅިގެން ރަސްމީ ކޮންމެ ފަރާތެއްގެ ކުރިމަތީގައި ހިންގާ ކޮންމެ ކަމެއްގައި އަދި ކޮންމެ މަރުޙަލާއެއްގައި އަމަލުކުރެވޭނީ ކުއްޖާގެ މަސްލަޙަތަށް އެންމެ ރައްކާތެރި އަދި ފައިދާހުރި ގޮތެއްގެ މަތިން ކަމުގައި ކަށަވަރުކުރުން.
- ކުއްޖާއަށް ބޭނުންވާ ރިހެބިލިޓޭޓިވް ފަރުވާ ލިބިދިނުމާއެކު، ކުއްޖާ ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ އައިސް، މުޖުތަމައުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކޮށްދިނުން.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު