ދުނިޔޭގައި ފުރަތަމަ ފަހަރަށް ކުޑަކުދީންނަށް މެލޭރިޔާ ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
އެފްރިކާގެ ގައުމެއް ކަމަށްވާ ކެމަރޫންގައި މިހާރު ފަށާފައިވާ މެލޭރިއާ ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި މިދިޔަ ހޯމަދުވަހުން ފެށިގެން އެ ގައުމުގެ ކުޑަކުދީންނަށްވެސް ވެކްސިން ދިނުމަށް ވަނީ ފަށާފައެވެ.
ކެމެރޫންގެ އިތުރުން އެފްރިކާގެ ގިނަ ގައުމުތަކެއްގައި މެލޭރިއާ ވެކްސިން ޕްރޮގްރާމް ވަނީ ފަށާފައެވެ. މަދިރީގެ ސަބަބުން ފެތުރޭ މެލޭރިއާއިން ސަލާމަތްވުމަށް ފެށި މި ޕްރޮގްރާމުގެ ސަބަބުން އެތައް ގަރުނެއްވެފައިވާ އެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔޭގެ ކޮންމެ އަހަރަކު މެލޭރިއާ ޖެހިގެން މަރުވާ މީހުންގެ 95 ޕަސެންޓަކީ އެފްރިކާގެ ގައުމުތަކުން އެ ބަލީގައި މަރުވާ މީހުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކެމެރޫނުން ވަނީ މި ޕްރޮގްރާމުގައި 250،000 އަށްވުރެ ގިނަ ކުޑަކުދިންނަށް ވެކްސިން ދިނުމަށް އަޒުމް ކަނޑައަޅާފައިވާ ކަމަށް ބުނެފައެވެ. އަދި 2025 އަންނަން ވާއިރަށް އެފްރިކާގެ އެކި ހިސާބުތަކުން 6 މިލިއަން ކުޑަކުދިންނަށް ވެކްސިން ދިނުމަށް ވަނީ އަމާޒު ހިފާފައިވާ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ