ރަޝިޔާގެ ޕްރައިވެޓް ޖެޓެއް އަފްގާނިސްތާނަށް ވެއްޓިއްޖެއެވެ.
ރަޝިޔާގެ ފެލްކަން 10 މަރުކާގެ އެ ފްލައިޓު ތައިލެންޑުން ފުރައިގެން ރަޝިއާގެ ވެރިރަށް މޮސްކޯއަށް ދަތުރުކުރަނިކޮށް ވެއްޓިފައި ވަނީ އިރުއުތުރު އަފްގާނިސްތާނުގެ ފަރުބަދަމަތީ ސަރަހައްދަކަށެވެ. އެއީ ކުޑަ ބޯޓެކެވެ.
ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގައި، ބޯޓުން ދަތުރުކުރި ހަ މީހުންގެ ތެރެއިން ހަތަރު މީހުން ސަލާމަތް ވެފައިވާއިރު އަނެއް ދެ މީހުންގެ މައުލޫމާތު ނުލިބޭ ކަމަށް ރަޝިޔާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ފްލައިޓު ވެއްޓުނު ސަރަހައްދަކީ އަފްގާނިސްތާނުގެ ތާލިބާނުންގެ ކޮންޓްރޯލް އޮންނަ ސަރަހައްދެއް ކަމުން އެ ސަރަހައްދުގެ އޮފިޝަލުންނާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރަޝިޔާއިން ބުނެއެވެ.
އޮފިޝަލުން ވަނީ ފްލައިޓު ވެއްޓުމުގެ 25 މިނެޓު ކުރިން ފްލައިޓުން ތެޔޮ މަދުވާކަމުގެ ރިޕޯޓް ކުރިކަމަށް ބުނެފައެވެ.
ފްލައިޓު ވެއްޓުނު ހާދިސާގެ ތަހުގީގު ފެށުމަށް ތާލިބާނުން ކޮންޓްރޯލް ކުރާ ސަރަހައްދުގެ ސަރުކާރާއި މަޝްވަރާ ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ