ބިންވެރިޔާ ސްކީމުގެ ބިން ލިބުނު މީހުންގެ ހާއްސަ ސައްލާއެއް މިރޭ ސަލްޓަން ޕާކުގައި ބާއްވަން ނިންމައިފިއެވެ.
"ގިރާވަރު މާލޭ ސިޓިޒެންސް އެސޯސިއޭޝަން"ގެ ނައިބު ރައީސް ސުނާދް ލަތީފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ސައްލާ އޮންނާނީ މިރޭ 8:00ގައި ކަމަށާއި ބިންވެރިޔާ ސްކީމުން ބިން ލިބުނު އެންމެންނަށް ދައުވަތު އަރުވާ ކަމަށެވެ.
އިއްޔެ ކުރި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ގިރާވަރު މާލޭ ސިޓިޒެންސް އެސޯސިއޭޝަނާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި މާލޭ ރަށްވެހިންގެ ޖަމިއްޔާއާއި ހުޅުމާލޭ ރައްޔިތުންގެ ކޮމިޓީގެ މަންދޫބެއްގެ ހައްސިއްޔަތުން އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި، ގުޅިފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލޭން ބިން ދޫކުރުމާ ގުޅިގެން މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި އޮޅުންއަރާ ހުރިހާ ކަމެއް ރައީސް ސާފުކޮށްދެއްްވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިރޭ ބާއްވާ ސައްލާގައި ރައީސްގެ ހާއްސަ މެސެޖެއް ހިއްސާކުރައްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު