ޖަޕާނުން ފޮނުވާލި އުޅަނދު ހަނދަށް ޖައްސައިފިއެވެ.

ޖަޕާނުން ހަނދަށް ފޮނުވާލި "މޫން ސްނައިޕާ" ކާމިޔާބުކަމާއެކު ހަނދަށް ޖައްސާފައިވާ ކަމަށް އެގައުމުގެ ޖައްވީ އިދާރާ ޖަޕާން އެއިރޯ ސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީން ވަނީ ބުނެފައެވެ.

ޖަޕާނުގެ ޖައްވީ އިދާރާގެ އޮފިޝަލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ މިހާރު ކުރިއަށްދަނީ ޖައްވީ އުޅަނދުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކަމަށެވެ.

ޖަޕާނުގެ އުޅަނދު ހަނދުގައި ޖެއްސި ނަމަވެސް އެ އުޅަނދުގެ އެއްވެސް އިތުރު މަސައްކަތްތަކުގެ މައުލޫމާތު ނުލިބޭ ކަމަށް އޮފިޝަލުން ބުނެއެވެ.

ޖައްވީ އިދާރާގެ އޮފިޝަލުން ބުނީ ޖައްވީ އުޅަނދުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް މަސައްކަތް ކުރުމުގައި މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވެފައިވާނަމަ އުޅަނދުގެ ބެޓަރިތައް ޗާޖު ނުވާނެ ކަމަށެވެ.

އޮފިޝަލުން ވަނީ މިހާރު އެ އުޅަނދުގެ ގިނަ މަސައްކަތްތަކެއް ހުއްޓުވާފައިވާ ކަމަށާއި ސޯލާ ޕެނަލްތަކުގެ މައްސަލަ ހައްލުވުމާއެކު އިތުރު މަސައްކަތްތައް ފަށާނެ ކަމަށް ބުނެފައެވެ.