އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕޮލިސީ ޑިރެކްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު މިއަދު ކުރިއަށްދާ ބައްދަލުވުމަށް ރައީސްގެ ފަރާތްޕުޅުން އެ ހުށަހެޅުން ހުށަހަޅުއްވާފައިވާ ކަމަށެވެ.
"މި ބައްދަލުވުމަށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާޗް 15، ގެ ކުރިން އިންޑިއާ ސިފައިން މި ގައުމުން ބާލައި ނިންމުމަށް ވަނީ ހުށަހަޅުއްވައިފަ. ސަރުކާރުން، ރައީސް އޮފީހުން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމުގެ އެޖެންޑާއަށް މި ދެންނެވި ތާރީހު ހުށަހަޅުއްވާފައި،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ދެގައުމުގެ މެދުގައި މިއަދު ކުރިއަށްދާ ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މާހަވަރާއި ޖޮއިންޓު ސެކްރެޓަރީ އާއި އިންޑިއާއިން ވަޑައިގެން އުޅުއްވާ ބައެއް ސީނިއާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓްރީ އަދި ރައީސް އޮފީހުގެ އިސް ބޭފުޅުން ބައިވެރިވާ ކަމަށްވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އިތުރަށް ވިދާޅުވީ އިންޑިއާގެ ސިފައިންނަށް ރާއްޖެއަކު ނުތިބެވޭނެ ކަމަށާއި ދިވެހި ރައްޔިތުން ބޭނުންވާ ގޮތަކީ އެއީ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު