ލަންކާގެ ނޭވީން ރަތްކަނޑަށް ނިކުތުމަށް ތައްޔާރުވެއްޖެއެވެ.
ރަތް ކަނޑުގައި ޔަމަނުގެ ހޫތީ އިން ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށް ގައުމުތަކުން ހަދާފައިވާ ކޯލިޝަންގައި ބައިވެރިވުމަށް ނިންމާފައިވާކަމަށް ލަންކާގެ ރައީސް ވަނީ މިމަހުގެ ތިން ވަނަ ދުވަހު އިއުލާން ކުރައްވާފައެވެ.
ލަންކާގެ ނޭވީގެ ތަރުޖަމާނު ކެޕްޓަން ގަޔާން ވިކްރަމަސޫރިޔާ ވިދާޅުވެފައިވާ ގޮތުގައި، އެގައުމުގެ މަނަވަރުތައް އޮތީ މި ކަމަށް ފުރިހަމަޔަށް ތައްޔާރު ވެފައެވެ.
ލަންކާގެ ނޭވީން ވަނީ އެގައުމުގެ ކަނޑުގެ ސަރަހައްދުގެ އިތުރުން ރަތްކަނޑުގެ ބައެއް ސަރަހައްދުތަކުގައި ނޭވީގެ މަނަވަރުތައް ހަރަކާތްތެރި ކުރުވުމަށް ވެސް ނިންމާފައެވެ.
އެމެރިކާ އިސްވެ އޮވެ ހަދާފައިވާ އެ ކޯލިޝަންގައި އިންޑިއާގެ މަނަވަރުތައްވެސް ވަނީ ބައިވެރިވެފައެވެ.
ދާދިފަހުން އިންޑިއާ އާއި ރާއްޖެ ކައިރިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް ހޫތީން ހަމަލާ ދިންކަމަށް ރިޕޯޓުކޮށްފައިވާއިރު އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އިންޑިއާގެ ނޭވީން ވަނީ މަނަަރުތައް ނެރެ ފޯރިމަރަން ވެސް ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ