ނާސާ އިން ހަނދަށް އިންސާނުން ފޮނުވުން ލަސްކޮށްފިއެވެ.
ނާސާގެ އާޓެމިސް ޕްރޮގްރާމްގެ ދަށުން ހަނދަށް އިންސާނުން ފޮނުވުމަށް ފެށިމަސައްކަތުގައި ނާސާގެ އުޅަނދު ހަނދަށް ފޮނުވާލުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ 2025 ވަނަ އަހަރު އެވެ.
ނާސާގެ އޮފިޝަލުން ވަނީ އެ އިދާރާއިން ހަނދަށް އިންސާނުން ފޮނުވުން ލަސްކޮށްފައިވަނީ 2026 ވަނަ އަހަރާއި ހަމައަށް ކަމަށް ބުނެފައެވެ. މިއީ ނާސާގެ އެޕޯލޯ ޕްރޮގްރާމަށްފަހު އިންސާނުން ހަނދަށް ފޮނުވުމަށް ވެށި ބޮޑު މަސައްކަތެކެވެ.
އޮފިޝަލުން ވަނީ ނާސާގެ މިޝަން ލަސްކޮށްފައި ވަނީ ސްޕޭސް އެކްސް އިން ހަނދަށް އިންސާނުންނާއެކު ފޮނުވުމަށް ތައްޔާރުވަމުން އަންނަ ސްޓާ ޝިޕްގެ ސަބަބުން ކަމަށް ބުނެފައެވެ.
ސްޕޭސް އެކްސް އިން މިދިޔަ އަހަރު ވަނީ ސްޓާ ޝިޕްގެ ދެ ރޮކެޓް ޓެސްޓުކޮށްފައެވެ. ނަމަވެސް ދެ ރޮކެޓުވެސް ވަނީ ގޮވާފައެވެ.
ސްޕޭސް އެކްސް އިން ވަނި ހަނދުގެ ދެކުނު ތަނޑީގައި އިންސާނުން ގޮވައިގެން ފެރީ ދަތުރު ކުރުމަށް ނިންމާފައެވެ. ނަމަވެސް ސަލާމަތިީ ކަންކަމުގެ ޓެސްޓުތައް ފުރިހަމަ ނުވާތީ އެ މަސައްކަތް ވަނީ ހުއްޓިފައެވެ.
ނާސާގެ އޮފިޝަލުން ވަނީ ހަނދަށް އިންސާނުން ފޮނުވާ މިޝަން އަށް ބޭނުންވާ ޓެކްނިކަލް އާލާތްތަކާއި ވަސީލަތްތައް ގާއިމް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ